ކުރިޔަށް އޮތް ދިވެހި ފިލްމު "ކާކު" ގެ ހުރިހާ މަސައްކަތެއް ނިމި މިމަހު 24 ގައި ފިލްމު އެޅުވުމަށް ނިންމައިފިއެވެ.
"މީ ޕްރޮޑަކްޝަން" އިން އުފައްދާފައިވާ މި ފިލްމަކީ، ބިރުވެރި ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބިރުވެރި ފިލްމެކެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފަށައި މިއަހަރު ހުރިހައި މަސައްކަތެއް ނިންމާލާފައިވާ ފިލްމް، "ކާކު" އުފެއްދުމަށް ގާތްގަނޑަކަށް ދެލައްކަ ފަންސާސް ހާސް ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
މި ފިލްމުގެ ޝޫޓުކޮށް ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.
ފަހަކަށް އައިސް ނެރޭ ގިނަ ފިލްމުތަކުން، ފިލްމީ ދުނިޔެއަށް މުޅިން އާތަރިން ތަޢާރަފް ވަމުންދާއިރު، ފިލްމް "ކާކު" އިންވެސް ހުނަރުވެރި އާ މޫނުތަކެއް ފެނިގެން ދާނެއެވެ.
މި ފިލްމް މިިމަހު 24 ގައި އެޅުވުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ތައްޔާރުވަމުންދާއިރު މިއީ ގިނަ ބައެއްގެ އިންތިޒާނަށް އަންނާނެ ނިމުމެކެވެ.