ޝިވާމް ސޮލަންކީ އަކީ އުމުރުން 13 އަހަރުގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން އަތާއި، ފަޔާއި ނެތް ކުއްޖެކެވެ. އޭނާ ދާދި ފަހުން މި ވަނީ ގްރޭޑް 12ގެ ބޯޑް ޓެސްޓަށް ހާޒިރުވެފައެވެ. އޭނާ އެ ޓެސްޓަށް ހާޒިރުވުން ހާއްސަ ވެގެން ދިޔައީ، އޭނާގެ ދެ އަތް ނެތަސް، އުޅަނބޮށި ބޭނުންކޮށްގެން ލިޔަން ދަސްކޮށްގެންނެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ޝިވާމް އެ ޕޭޕަރު ހަދަން ދިޔައިރު، 10 ވަނަ ބޯޑު ޓެސްޓުގައި އޭނާ ވަނީ 81 ޕަސެންޓް މާކްސް ހޯދާފައެވެ.

"އަހަރެން މިހިރީ ތައްޔާރަށް. އަހަރެން އުއްމީދު ކުރަން ރަނގަޅު މާކްސްއެއް މިއަހަރުގެ ޓެސްޓުގައިވެސް ލިބޭނެ ކަމަށް، އަހަރެން އުއްމީދު ކުރަން ބޯޑު10 ގެ ޓެސްޓުން ލިބުނު ވަރަށް ވުރެ ގިނަ މާކްސް ލިބޭނެ ކަމަށް"

އަދި އެހެން ކުދިންނަށްވެސް މި ޓެސްޓުގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެއީ ހަމައެކަނި ޓެސްޓެއް، އަހަރެން އެދެނީ ކުދިން މާބޮޑަށް އެކަމާއި ސްޓްރެސް ނުވުމަށް، އޭގެން ނޭނގޭނެ ދިރިއުޅުމަށް ވާނެ ގޮތެއް. ރަނގަޅަށް ޓެސްޓަށް ތައްޔާރުވޭ، އަދި ޓެސްޓު ރަނގަޅަށް ހަދާ". އޭނާ އޭއެންއައި ނޫހަށް ބުނެފައި ވެއެވެ.

ޝިވާމްގެ ބައްަޕަ ބުނިގޮތުގައި، އޭނާގެ ދަރިފުޅަށް ސްކޫލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުަމެއްް އަންނަނީ ލިބެމުންނެވެ. އަދި ޓީޗަރުންގެ ފަރާތުންވެސް އޭނާއަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ޝިވާމްގެ ބައްޕަ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންކުރު

    މިއީ ޚަބަރެއްތައް. ކޮންތާކު ކޮންކިއަރު ވީ ކަމެއްކަން ނޭގޭ!!! ވަގުތުގެ ޚަބަރު ލިޔާ ކުދިންނަށް ހަމަ ސާބަސް

    4
    3