ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްލާމްދީނުގައި ކޮޅުފައިން ޖަހާފައިވާކަމަށް، ދާދިފަހުން އެމްޑީޕީއާ ރައީސް ނަޝީދަށް ތާއިދުކޮށް ވާހަކަ ދައްކަވަން ފެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން އަނެއްކާވެސް ރައީސް ނަޝީދާއި ދެކޮޅަށް ވާހަކަ ދައްކަވަން ފައްޓަވާފައި މިވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމާއި ދިމާކޮށް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވުމަށް ފަހުއެވެ. އަލްހާން ވަނީ މީގެ ހަފްތާއެއް ކުރިން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ބައްދަލު ކޮށްފައެވެ. އަލްހާންގެ ރާގު އެންމެ ފަހުން ބަދަލުވެފައި މިވަނީ ގާސިމް އާއި ބައްދަލު ކުރެއްވި ފަހުންނެވެ.

އަލްހާންގެ އަމިއްލަ ފޭސްބުކު ޕޭޖުގައި ރޭ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު އިސްލާމްދީނުގައި ކަނޑައެޅިގެން ކޮޅުފައިން ޖަހާފައިވާ ރިޝްވަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންކަމަށެވެ.

"ރިޝްވަތާ ބެހޭގޮތުން ރައީސް ނަޝީދު ކަނޑައެޅިގެން އިސްލާމްދީނުގައި ކޮޅުފައިން ޖަހައިފިއެވެ! ބާރާ އިޚުތިޔާރުގެ ހަމައެކަނި، ވެރިރަސްކަލާނގެ އަމުރުފުޅާ، މި އުންމަތުގެ ރަސޫލާގެ ސުންނަތް އޮތީ ބިންތުޅާ ކިލާޖަހާފައެވެ! "ގަލުގައި ތަޅާ ދޮވުނަސް" މާތް ރަސްކަލާނގެ އަމުރުފުޅު ވަތަކުތޯ ޖެހޭނެގޮތެއް ނެތެވެ!" ތާނައިން، އަލްހާން ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ރިޝްވަތު ހިފާ ފަނޑިޔާރުންގެ ކުށެއް ނެތްކަމަށާއި ކުށްވެރިވަނީ ރިޝްވަތު ދޭ މަހުޖަނުންކަމަށް ދޭހަވާފަދަ ގޮތަކަށް، ރައީސް ނަޝީދު ވަރަށް ފަހުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އަލްހާން އިތުރަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ މިފަދަ ކަންކަމުގައި އޮޅިގެން ބަސް ވިދާޅުވާ ބޭފުޅެއް ނޫންކަމުގައެވެ.

މީގެއިތުރުންވެސް، މި ޕޯސްޓުގައި ރައީސް ނަޝީދަށް ފާޑު ވިދާޅުވެ އަލްހާން ވިދާޅުވެފައިވަނީ މިހާރު އެއްގޮތަކަށްވެސް ރައްޔިތުންނާ ބައްދަލު ކުރައްވާ މުޙިއްމު ކަންކަމާމެދު ތިމަންނާ ނުވަތަ ތިމަންނާމެން ކަންކުރާނީ މިވެނި އެވެނި ގޮތެކޭ އެއްވެސް ބޭފުޅަކު ވިދާޅުވެގެން ނުވާނެކަމުގައެވެ.

ގިނަ ކަންތައްތަކަމެއް ފާހަގަ ކުރެއްވުމަށްފަހު އަލްހާން ވިދާޅުވެފައިވަނީ ރައީސް ނަޝީދު ހުއްޓުވަން ޖެހޭކަމަށެވެ. އަދި، އޭނާ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ މިޔަންމާގެ އަން ސަން ސޫ ޗީ އަށް ވެވަޑައިގަތުމަށްކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ރައީސް ނަޝީދު ހުއްޓުވަން އެބަޖެހޭ...! އިބޫ ސޯލިހު ހުވާކުރައްވާފައި އަންސަންސޫޗީގެ ފިރިހެން ހިޔަންޏަކަށް ރައީސް ނަޝީދު ވިޔަދޭން ހެޔޮނުވާނެއެވެ! އެކަން އެހެން ވިޔަދީގެން ނުވާނެއެވެ!" އަލްހާން ވިދާޅުވެފައިވެއެވެ.

އަލްހާން މިހެން ވިދާޅުވިއިރު، މިޔަންމާގައި ވެރިކަން ކުރަމުން ދަނީ ސޫ ޗީގެ ޕާޓީންނެވެ. ސޫ ޗީ އަކީ އެޤައުމުގެ ޑިމޮކްރަސީގެ މަންމަކަމުގައި ބެލިޔަސް، ޤައުމު ހިންގަކީ އޭނާއެއް ނޫނެވެ. އޭގެ ބަދަލުގައި، ސޫ ޗީ އަކީ ވެރިކަން ހިންގުމަށް ވެރިޔާ އަށް ލަފާ ދޭ އެޑްވައިޒަރެކެވެ. އެހެންނަމަވެސް، ކަންކަމުގައި ގޮތް ކިޔާ މަންޒަރު ފެންނަނީ ބޮޑަށް ސޫ ޗީ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    އަބަދުވެސް އަލްހާނައް ސަޕޯޓު ކުރަން ހަގީގަތައް ވާހަކަ ދައްކާތީ

  2. ޙައްގުބަސް

    އަޅެ މީނާވެސް ޑޮކްޓަރަކަށް މިހާރު ދެން ދައްކަން ވެއްޖެއެއްނު!!!

  3. ނުރ

    އަލްހާނު ގާސިމުފަތުން ދެފަހަރުކީކުރަން ތިފަހަރުދުވިޔަސް ނަސީދައްތާއިދުލިބޭވަރައް ތޔަމުއްސަނދި ގާސިމައްތާެިދެއްނުލިބޭނެ

  4. އަބްދުﷲ

    އަލްޙާން. ތީދެން ކާކު؟

  5. ސަންތިމަރިޔަބު

    ގާސިމަކައްނުލިބޭނެއަންނިޔައް ލިބޭވަރަކައް ގާތައްވެސް ރައްޔިތުންގެތާއީދެއް އަލްހާނު ކޮނމެ ވާހަކައެއްދެއްކިޔަސް ގާސިމަކީއަންނިޔަހެޭެދދއޮއB ް

  6. ގޯސް

    މިއަދު ވެލަޒިނީގެ ޚަބަރުވެސް ވެއްޖެ. މިއީ ވެލަޒިނީގެ ފިރިހެން ހިޔަނިބާ.
    ޢެކަމަކުވެސް މިސޮރު މިދައްކާ ވާހަކައިގަވެސް އޮއްޓަރެއް އެބަހުރިކަންނޭގޭ.

  7. އައްޑެ

    އަލްހާން އަކީ ގޮތްހުސްވެގެން އުޅުއްވާ ބޭފުޅެއް. ދެފުއްކެހެރި. މިހާރު ތިޔަދައްކާ ވާހަކަ އެއްވެސްމީހަކު ގަބޫލުނުކުރާނެ އެއީ ތެދަދަކަށްވިޔަސް.

  8. ރާގީ

    އަލްހާނުގެ ދުލުން، ދުވާލުވަނީ އިރުއެރުމުންނޭ ބުންޏަސް އަހަންނަކަށް ގަބޫލް ނުކުރެވޭ.

  9. ޓެކުސީ

    ހަގީގަތުގައިވެސް އަލްހާންގެނަން ވަހުތާނުހާންގެ ނަމައް ބަދަލުކުރަންއެބަޖެހޭ މީނަ ދައްކާވާހަކަ ގަބޫލުކުރާނީ ކިހިނެއް އެކަމަކު ތިޔަވީދާޅުވި ވާހަކަޔަކީ ހަމަދެދެއް ރަސޫލުﷲ ސައްލައްﷲއަލައިހި ވަސައްލަމްގެ ހަދީޝް ނޫން އެހެންގޮތެއްހޯދަން ޖެހޭކަމަށް ބުނި މުނާފިގެއް އަންނިޔަކީ.......

  10. ޢަބްދުﷲ

    އައްޑޫ ސިޓީގައި ބުދު ބަހައްޓާފައި، މިހިރީ ބުދު ބަހައްޓާފައޭ ބުނި މިހާ ދެން ދީނީ ވާހަކަ ނުދެއްކީޔާ ރަނގަޅުވާނީ.