އޮޅުވާލައިގެން ވޯކް ވިސާ ހަދަން އުޅުނު ބިދޭސީއަކު މިއަދު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނާ ގުޅިގެން މިއަދު އެ ޑިޕާޓްމަންޓުން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރީ ވޯކް ވިސާ ހެދުމަށްޓަކައި ނަކަލުކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުން ކުރަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ.

ފަހަކަށް އައިސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ގިނަ މައްސަލަތަކެއް އެ ޑިޕާޓްމަންޓުން ދަނީ ބަލަމުންނެވެ. އެގޮތުން ބައެއް މީހުން ހޯދައި ޑީޕޯޓުކޮށްފައިވާއިރު އެފަދަ ފަރާތްތައް ހޯދުމަށްޓަކައި ޚާއްސަ ބޮޑެތި އޮޕަރޭޝަންތަކެއްވެސް މިދުވަސްވަރު އިމިގްރޭޝަނުން ކުރިއަށް އެބަ ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮގުބާ

    5 ރުފިޔާ ދިނީމާ ފުލުހުންނަށް ސައިކަލް ފުހެދޭ ގުރޫޕް ހައްޔަރު ކޮއްބަލަ އެމީހުންނެއް ފުލުހުންނަކަށް ނުފެނެ

    14
    1
  2. ނުރަބޯ

    ފޭކް ޑޮކިއުމެންޓް ހިފައިގެން އެތެރެވާ މީހުން ނުހިފެހެއްޓެނީ ކީއްވެ. އިމިގްރޭޝަން މީހުންނަށް ބައިއަޅާތީތަ.

  3. މާމިގިލީ މީހާ

    ރާއްޖެތެރޭ ރަށް ރަށުގައި ގަވައިދާ ހިލާފައް އުޅޭ ބަންގާޅީންގެ މައްސަލަތައް ވެސް ބަލާންޖެހޭ. ހަމަ އެކަނި މާލެގަ އުޅޭ ބަންގާޅީންގެ މައްސަލަ އެކަނިއެއްނޫން ބަލާން ޖެހެނީއެއް.

  4. ޖެހިލުން ކުޑަކޮށް ވަގަށް

    އެގޮތުން ބައެއް މީހުން ހޯދައި ޑީޕޯޓުކޮށްފައިވާއިރު އޭނާ އެނިކުތް ދޮރުން ނުވަންނަކަމުގެ ގެރެންޓީ ދެވޭނެ ގޮތެއް ނެތުމަކީ ހިތާމަ ހުރިކަމެއް. މިހާޖެހިލުން ކުޑަކޮށް ވަގަށް، ބިދޭސީންނަށް މިގައުމުގައި އުޅެވެނީ ކީއްވެބާ،