ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) މުވައްޒަފުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް ތަބާނުވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެޗްއީއޯސީ ހިންގަމުން އަންނަނީ ދަރުބާރުގޭގައެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ހުރިހާ ކަމެއް ވެސް ރާވާ ހިންގާ، އަދި އަޅަން ޖެހޭ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި ހުރިހާ ލިޔެކިޔުމެއްގެ މަސައްކަތް ކުރަނީ ވެސް ދަރުބާރުގޭގައެވެ. ނަމަވެސް އެތަނުގައި މަސައްކަތް ކުރާ މީހުން އެކަށީގެންވާ ގައިދުރުކަމެއް ނެތި، އަދި ރަނގަޅަށް މާސްކް ވެސް ނާޅައި ތިބޭ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ދައުރުވަމުންދާ ފޮޓޯތަކާއި ގުޅިގެން މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އެޗްއީއޯސީގައި މަސައްކަތް ކުރާ މީހުންގެ އެންމެ ރަނގަޅަށް ގައިޑްލައިންތަކަށް އަމަލު ކުރަމުން ނާންނަކަން ފާހަގަ ކުރެވިގެން "ދެތިން ހަފްތާ ކުރިން" ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށެވެ.

"މީގެ ތިން ހަފްތާ ވަރު ކުރިން އަޅުގަނޑުމެންނަށް ވެސް ފާހަގަ ކުރެވުނު. އެޗްއީއޯގެ ތެރޭގައި ވެސް އޮންނާނީ ހަމަ އެހެން އޮފީސްތަކަށް ވެސް އޮންނަ ގައިޑްލައިން. ހާއްސަކޮށް މިތަނަކީ ވަރަށް ބައިވަރު މީހުން މަސައްކަތް ކުރާ ތަނަކަށް ވާތީ އެގައިޑްލައިނާއި އެއްގޮތައް މާސްކް އަޅައިގެން މިތަނުގެ ތެރޭގައި އުޅެން ޖެހޭނީ. އަޅުގަނޑުމެންނަށް ވެސް އެކަން ފާހަގަ ކުރެވިފައި ވަނީ (ގައިޑްލައިނާއި ހިލާފުވިކަން) މިހާރު އެކަން ވާނީ ރަނގަޅު ކުރެވިފައި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކާއި ސަރުކާރުގެ ވެރިން ހިލާފުވާ ކަމަށް ބުނެ މީގެ ކުރިން ވެސް ވަރަށް ބޮޑަށް ސަރުކާރަށް ބައެއް މީހުން ފާޑުކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަބްސީ

    ޑރ. ނަޒްލާއަށް ފާހަގަ ކުރެވިގެން ޖޫރިމަނާ ނުކުރޭތޯ އެމީހުން؟ ނިކަމެތި ރައްޔިތުން އަތުން ހާދަ ލާރިއެއް ކައިފިއޭ، ތީ ބޮޑުވަރު

    29
    1
  2. ނަސްރީނާ

    މި ސަރުކާރުން ދައްކާވާހަކަ އަޑުއަހާނީވެސް މޮޔައެއް

    29
    2
  3. ވެރިން

    އަމާ ބުނީތީ ފަރަށް ދާހެން އަޅާ ފިޔަވަޅު ތަކެއް

    31
    1
  4. Anonymous

    ބަންދުވެފަ ހުރި ތަނެއްގަ މާސްކް އަޅައިގެން ގިނައިރު ތިބުމަކީ ވާނެކަމެއް ނޫން ކިތަންމެ ޓުވީޓެއް ކުރިޔަސް 😷

    9
    22
    • އިންޖިނޭރު

      އޭސީ ކޮށްފައި ހުންނަ ތަންތަނަކީ ބަންދު ވެފާ ހުންނަ ތަން ތަނެއްނޫން . އޭސީއަކީ އޭގެ ޒާތުގައި ވެންޓިލޭޓަރެއް. ވައިދައުރުކުރާ އެއްޗެއް. ތަންދޮރު ނޭގުނަކަސް ކޮމެންޓްކުރެވޭތޯ ބަލާތި.

  5. ތުރާކުނު

    ތާހިރެއްނު އެކަމު ޑރ ނަޒުލާ 2 އިރު ކާބޭހެއް ހެއް ޓީވީ އަން އަރާ އެ ގޮވަނީ ކޮން މޮޔައެއްތަ؟

    26
    4
  6. ހޯލި

    މިއީ މީގެ ދެތިން ހަފްތާކުރިން ޑރ. ޝީނާގެ އިންޓަރވިއުއެއް ދިން އިރު ބެކްގްރައުންޑުން ފެނުނު މަންޒަރެއް. އިންޓަވިއު ގަޑިއެއްހާއިރަށް ދިގު ދެމިގެން ދިޔައިރު މާސްކު ނާޅާ މިކުދިން ތިބޭތަން ފެންނަނީ މަދު ވަގުތު ކޮޅެއްގައެވެ. ފަހަރެއްގަ ޓީވީން ފެނުނީމާ މާސްކު އެޅީކަމަށްވެސް ވެދާނެ. މިކަންކަން އެންމެންވެސް ރަގަޅު ކުރަންޖެހޭ.

    19
  7. ކިޔުންތެރިއެއް

    އާދާގެ ރައްޔިތުން ގައިޑްލައިނާއި ހިލާފު ވާކަމަށްބުނެ ދުވާލަކު އެތައްހާސް ރުފިޔާއަކުން ޖޫރިމަނާ ކުރުވާފަ މިވެރިން ހިތު ހުރިހާގޮތަކަށް އުޅުވޭ. އެޗްއީއޯސީ ގެ އިސްމުވައްޒަފުންނަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ. އެޗްއީއޯސީ ގެ އަސްލު މަގްސަދަކީ މި ސަރުކާރުގެ ވައްކަމާ ކޮރަޕްސަންއާ ދެކޮޅަށް ރައްޔިތުން އަޑު ނުއުފުލޭނެ ގޮތްހެދުން.

  8. ޑރ.ފުރާގު

    ތިޔަބަޔަކު ނުޖެހެޔޯޓެސްޓްހަދާކަށް.އެއީ މަނާކަމެކޯ ޑައިރެކްޓް ކޮންޓެކްޓްވިއަސް..ކިހާފައްކާ..އޭރުންތާ އެލަވަންސް އާއި ކޮއްތު ނުގެއްނުގެއްލޭނީ.އަދި އެތާއުޅެ ރީތި ކުދިންކޮޅާ ދޯ.....